އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294,937 މީހުންނަށް

އަވަސް

8 ޖެނުއަރީ 2026 | ބުރާސްފަތި | 9:20

މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މި އިންތިހާބުގައި 150،410 ފިރިހެނުންނާއި 144،527 އަންހެނުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ހުޅުވާލާފަ އެވެ. އެ ގޮތުން އީސީގެ މައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ. ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.

މައުޟޫޢުތަށް