ކައުންސިލް އިންތިހާބަށް 621 ވޯޓު ފޮށި
އަވަސް
8 ޖެނުއަރީ 2026 | ބުރާސްފަތި | 9:27
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 621 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.
އީސީ އިން ބުނީ އަތޮޅު ތެރޭގައި 321 ވޯޓު ފޮށި ބަހައްޓާނެ ކަމަށާއި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެގައި 240 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ތިން ވޯޓު ފޮށި ބަހައްޓާއިރު ޖަލުތަކުގައި ފަސް ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ރިސޯޓްތަކުގައި 50 ވޯޓު ފޮށި އަދި ރާއްޖެއިން ބޭރުގައި ދެ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ. މި އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެ އެވެ.