ސޯލާ ޕެނަލްގައި ރޯވި އަލިފާން ނިއްވާލައިފި
އަވަސް
8 ޖެނުއަރީ 2026 | ބުރާސްފަތި | 11:13
މިދިލިމަގުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަ ސްޓޭޝަނުން ނިއްވާލައިފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ފަޔާ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ މިއަދު ހެނދުނު 8:34 ހާއިރު އެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ހުޅުމާލޭ ފަޔަ ސްޓޭޝަނުގެ ފަޔަފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. މިގޮތުން ފަޔަފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 08:45 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ