ފުރަތަމަ ހަފުތާގައި 49،625 ފަތުރުވެރިން
އަވަސް
9 ޖެނުއަރީ 2026 | ހުކުރު | 6:01
އަހަރުގެ ފުރަތަމަ ހަފުތާގައި ރާއްޖެއަށް 49،625 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަފުތާގައި ރާއްޖެ ޒިޔާރަތްކުރި 43،903 ފަތުރުވެރިންނަށްވުރެ 13 ޕަސެންޓް އިތުރުވުމެކެވެ. ފުރަތަމަ ހަފުތާގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ.
ފަތުރުވެރިންގެ ތެރެއިން 48،919 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 213 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 170 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 132 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މީގެ އިތުރުން މާމިގިލި އެއާޕޯޓުން 111 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 79 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.