ހެންވޭރުގައި ޖީޕީ ކްލިނިކް ހަދަނީ ތެލެސީމިއާ ސެންޓަރު ކުރިން ހިންގި އިމާރާތުގައި
އަވަސް
9 ޖެނުއަރީ 2026 | ހުކުރު | 11:00
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން މާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ހަތަރު ކްލިނިކްގެ ތެރެއިން ހެންވޭރުގައި އެޅުމަށް ހަމަޖެހިފައިވާ ކްލިނިކް، ތެލޭސިމިއާ ސެންޓަރު ކުރިން ހިންގި އިމާރާތުގައި އެޅުމަށް ނިންމައިފި އެވެ.
ޖީޕީ ކްލިނިކްގެ ގޮތުގައި 6 ކްލިނިކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެއީ މާލޭގެ ހަތަރު އަވަށުގައި ހަތަރު ކްލިނިކާއި އަދި ހުޅުމާލެ އާއި ވިލިމާލޭ ތެރެއިން ކޮންމެ އަވަށެއްގައި އެއް ތަނެވެ. ޖީޕީ ކްލިނިކްތަކުގެ ތެރެއިން ފުރަތަމަ ކްލިނިކް މާލޭގެ މާފަންނުކޮޅުގައި އެސްޓީއޯ ހެޑް އޮފީހާ ޖެހިގެން ހުރި އިމާރާތުގައި ވަނީ ހުޅުވާފަ އެވެ. ހެންވޭރުގައި އެޅުމަށް ހަމަޖެހިފައިވާ ޖީޕީ ކްލިނިކް އަޅަން ނިންމާފައިވަނީ މަޖީދީ މަގުގައި ހުރި ކުރީގެ ތެލޭސިމިއާ ސެންޓަރު ހިންގި އިމާރާތް ތަޅާލުމަށްފަހު އެ ބިމުގައެވެ. ތެލެސީމިއާ ސެންޓަރު ކުރިން ހިންގި އިމާރާތް ތަޅާލާނެ ބަޔަކު ހޯދުމަށްވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. މި މަސައްކަތުގެ ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.