މަސްއޫދާއި ނަމާލް ބައްދަލުކުރައްވައިފި

އަވަސް

9 ޖެނުއަރީ 2026 | ހުކުރު | 7:00

ސްރީލަންކާގައި ދިވެހިންނާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ތުހުމަތުކުރައްވާ ފާޑުވިދާޅުވުމަށްފަހު ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު ލަންކާގެ އިދިކޮޅު ޒުވާން ލީޑަރު ނަމާލް ރާޖަޕަކްސައާ ބައްދަލުކުރައްވައިފި އެވެ.

ސްރީލަންކާގެ "ޑެއިލީ ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި މަސްއޫދު ވަނީ ލަންކާގައި ދިވެހިންނާ ދޭތެރޭ ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ތުހުމަތުކުރައްވާފަ އެވެ. ދިވެހިންނާ މެދު ލަންކާއިން ތަންފީޒުކުރާ އިމިގްރޭޝަން ސިޔާސަތަށްވެސް މަސްއޫދު ފާޑުވިދާޅުވެފައިވެ އެވެ. މަސްއޫދާއި ނަމާލް ބައްދަލުކުރެއްވިކަން ހާމަކުރި ނަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ދެ ބޭފުޅުންގެ ބައްދަލުވުން ކުރިއަށް ދިޔައީ ނަމާލްގެ ޕާޓީ -- އެސްއެލްޕީޕީގެ އޮފީހުގައެވެ. ނަމާލް ވިދާޅުވީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިންގެ ދެވަނަ ގެ ކަމަށްވާތީ ދެ ގައުމެއްގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ބިނާކުރަނިވި މަޝްވަރާ ކުރިއަށް ގެންދިއުން މުހިއްމު ކަމަށެވެ. ދެ ގައުމުގެ ގުޅުން އާ އުސްމިނަކަށް ގެންދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް