އޭޓީއެފް އާމްދަނީ 3.8 ބިލިއަނަށް
އަވަސް
10 ޖެނުއަރީ 2026 | ހޮނިހިރު | 7:53
އެއާޕޯޓް ޓެކުހާއި ފީ (އޭޓީއެފް) އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 3.8 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރުގެ ނިޔަލަށް ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.89 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.91 ބިލިއަން ރުފިޔާ މިދިޔަ އަހަރު ދައުލަތަށް ލިބިފައިވެ އެވެ. ޑިޕާޗާ ޓެކްސްގެ ގޮތުގައި 2024 ވަނަ އަހަރު ލިބުނީ 1.13 ބިލިއަން ރުފިޔާ އެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2024 ވަނަ އަހަރު ލިބުނީ 1.15 ބިލިއަން ރުފިޔާ އެވެ.
ޑިޕާޗާ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެ އެވެ.