މަސްވެރިންނަށް މި އަހަރު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

އަވަސް

10 ޖެނުއަރީ 2026 | ހޮނިހިރު | 10:37

މަސްވެރިންނަށް މި އަހަރު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ބުނެފި އެވެ.

މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް 10.3 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެ އެވެ. މިފްކޯ އިން ދަނީ އެ ކުންފުންޏަށް މަސް ކިރުވި ދޯނީގެ އަދަދާއި ދޫކުރި ފައިސާގެ ތަފުސީލު ހާމަކުރަމުންނެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދޭން ފެށީ ޑިސެމްބަރު 10، 2024 ގައި މަސްވެރިންގެ ދުވަހާ ގުޅުވައިގެންނެެވެ.

މައުޟޫޢުތަށް