މި އަހަރު 7 ރިސޯޓެއް ހުޅުވަނީ

އަވަސް

10 ޖެނުއަރީ 2026 | ހޮނިހިރު | 12:53

މި އަހަރު ރާއްޖޭގައި 7 ރިސޯޓެއް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު ހުޅުވާ ރިސޯޓުތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ރިސޯޓު ހިމެނެ އެވެ. މި އަހަރު ހުޅުވާ ރިސޯޓުތަކުގެ ތެރޭގައި ރ. ރަންފުށީގައި ހުޅުވާ ބުލްގާރީ ބްރޭންޑުގެ ރިސޯޓާއި، ސިކްސް ސެންސަސް ކަނުހުރާ (ރަށްގިރި) އަދި ދިންމާގާ މޯލްޑިވްސް ހިމެނެ އެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި ވަގުތު ރާއްޖޭގައި 179 ރިސޯޓު ދަނީ ހިންގަމުންނެވެ. މި ރިސޯޓުތަކުގައި ހުރި އެނދުގެ އަދަދަކީ 44،807 އެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ. ރާއްޖެއަށް މިދިޔަ އަހަރު 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއިރު 73.4 ޕަސެންޓް -- 1.6 މިލިއަން ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.

މައުޟޫޢުތަށް