48 މީޓަރުގެ ސަރަހައްދެއް ޝީޓް ޕައިލްކޮށްފި
އަވަސް
10 ޖެނުއަރީ 2026 | ހޮނިހިރު | 3:54
މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރިއަށްދާ ބާޒާރުމަތީ ސަރަހައްދުގެ 48 މީޓަރުގެ ސަރަހައްދެއް ޝީޓް ޕައިލްކޮށްފި އެވެ.
މަޝްރޫއުގެ ކޮންޓްރެކްޓާ އެމްޓީސީސީ އިން ބުނީ އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެ ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާއިރު ދުވާރުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރަނީ އެއްގަމު ތޮށި ބޭރަށް ޖައްސައިގެންނެވެ. އެ ގޮތުން މިހާރު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބާޒާރު މަތީ ސަރަހައްދުގެ މަސައްކަތެވެ.