ވީއައިއޭގައި ހަމަނުޖެހުން ހިންގި ބަޔަކަށް ނަސޭހަތް ދީފި
އަވަސް
10 ޖެނުއަރީ 2026 | ހޮނިހިރު | 2:00
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓެކްސީ ކިޔުގައި ތިބެ ޒުވާބުކޮށް ހަމަނުޖެހުން ހިންގި ބަޔަކަށް ފުލުހުން ނަސޭހަތް ދީފި އެވެ.
ފުލުހުން ބުނީ އެއާޕޯޓައި ހަމަނުޖެހުން ހިންގިކަމުގެ މައުލޫމާތު ރޭ 12:15 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ފުލުހަށް ހާޒިރުކޮށް މައުލޫމާތު ނަގައި ނަސޭހަތްތެރިވެފައިވާ ކަމަށްވެސް ބުންޏެވެ. އެ އިދާރާ އިން ބުނީ މިމައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. މި ހަމަނުޖެހުުގެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.