ސިވިލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު 23 ޕަސެންޓް އިތުރު

އަވަސް

11 ޖެނުއަރީ 2026 | އާދިއްތަ | 7:50

ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ 23 ޕަސެންޓް އިތުރުވެއްޖެ އެވެ.

ސިވިލް ކޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 5،680 މައްސަލަ އެ ކޯޓުގައި ވަނީ ރަޖިސްޓްރީކޮށްފަ އެވެ. 2024 ވަނަ އަހަރު ސިވިލް ކޯޓުގައި ރަޖިސްޓްރީކުރީ 5،142 މައްސަލަ އެވެ. ސިވިލް ކޯޓުން މިދިޔަ އަހަރު 6،718 މައްސަލަ ނިންމިއިރު 2024 ވަނަ އަހަރު ނިންމީ 5،432 މައްސަލަ އެވެ. އިޖުރާއީ ނިންމުމާއި އިހްތިސާސްއާމެދު 126 ނިންމުމެއް މިދިޔަ އަހަރު ނިންމިއިރު މި އަދަދު 2024 ވަނަ އަހަރު ހުރީ 135 ގަ އެވެ. ދައުވާގެ ތެރެއިން ހުށަހެޅުނު ވަގުތީ އަމުރާއި ކޯޓު އަމުރާމެދު 166 މައްސަލަ މިދިޔަ އަހަރު ނިންމިއިރު 2024 ވަނަ އަހަރު ނިންމީ 103 މައްސަލަ އެވެ.

މައުޟޫޢުތަށް