ތިން ކިލޯގެ ޑްރަގާއެކުު ހައްޔަރުކުރި ދެ މީހުންގެ ބަންދު މުއްދަތު އިތުރުކޮށްފި

އަވަސް

11 ޖެނުއަރީ 2026 | އާދިއްތަ | 9:03

ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ފަލަކް، ޝާއިން އަލީ (27އ) އާއި، އއ. ފެރިދޫ، އިޙްރާމްގެ، އާއިޝަތު މާޝާ އަހްމަދު (20އ) އެވެ. އެ ދެ މީހުން ހައްޔަރުކުރީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ ދެ މީހުންގެ ބަންދަށް މިމަހުގެ ފަސް ވަނަ ދުވަހުން ދިން ފަސް ދުވަސް ހަމަވާތީ ބަންދާމެދު ގޮތެއް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ. މި އޮޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާއިރު އެއެޕާޓްމަންޓުން 3 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. މި މައްސަލައިގައި ހުށަހެޅި ހެކިތަކަށް ބަލާއިރު ހާމައަށް ހުރި މަސްތުވާތަކެތި ފެންނަން ހުރިކަން އެނގޭ ކަމަށާއި މަސްތުވާތަކެތި ފެނުނު ތަނުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތައް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް