އެމެރިކާއިން ސީރިޔާއަށް ވަރުގަދަ ހަމަލާތަކެއް

އަވަސް

11 ޖެނުއަރީ 2026 | އާދިއްތަ | 1:08

އެމެރިކާ އާއި އެގައުމާ ގުޅިފައިވާ ލަޝްކަރުތަކުން ސީރިޔާއަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި މި ހަމަލާތައް ދިނީ ސީރިއާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަމާޒުތަކަށެވެ. ހޮނިހިރު ދުވަހު މި ހަމަލާތައް ދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިރުޝާދުގެ ދަށުންނެވެ. މިއީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ސީރިއާގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް އައިއެސް އިން ދިން ހަމަލާއަށް ދިން ރައްދެއް ކަމަށްވެސް އެމެރިކާ އިން ބުނެފައިވެ އެވެ. މި ހަމަލާ ދިނުމަށް 20 އަށްވުރެ ގިނަ އަސްކަރީ މަތިންދާބޯޓު ބޭނުންކޮށްފައިވާއިރު 35 އަށްވުރެ ގިނަ އަމާޒަށް 90 އަށްވުރެ ގިނަ ޒަމާނީ ހަތިޔާރުން ހަމަލާދީފައިވެ އެވެ. އެ ގޮތުން އެފް15އީ އާއި އޭ-10ގެ އިތުރުން އޭސީ-130ޖޭ އަދި އެމްކިއު-9 މަރުކާގެ ޑްރޯން ބޭނުންކޮށްފައިވެ އެވެ. މީގެ އިތުރުން ޖޯޑަންގެ އެފް-16 ވެސް މި ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މައުޟޫޢުތަށް