ޓެކްސީ ހިދުމަތަށް ޑްރައިވަރުން ހޯދަން ވޯކް-އިން އިންޓަވިއު

އަވަސް

11 ޖެނުއަރީ 2026 | އާދިއްތަ | 4:09

މާލޭ ޓެކްސީ ހިދުމަތަށް ޑްރައިވަރުން ހޯދަން ވޯކް-އިން އިންޓަވިއު ބާއްވަން ނިންމައިފި އެވެ.

ވޯކް-އިން އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވާ ހޮނިހިރު ދުވަހު މާފަންނު ބަސް ޓާމިނަލްގަ އެވެ. އިންޓަވިއު އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 6:00 އަށް ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ. ވޯކް-އިން އިންޓަވިއުގައި ޑްރައިވަރުންނާއި ޕާޓް-ޓައިމް ޑްރައިވަރުންނަށްވެސް ބައިވެރިވޭނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ. ޓެކްސީ ހިދުމަތަށް ޑްރައިވަރުންގެ ވޯކް-އިން އިންޓަވިއު ބާއްވާއިރު މި ހިދުމަތަށް 407 ޑްރަައިވަރުން ހޯދަން އެމްޓީސީސީ އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއުލާނުކުރި އެވެ. އޭރު އެކަމަށް ކުރިމަތިލީ 366 މީހުން ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

މައުޟޫޢުތަށް