ކަނޑުއޮތްގިރިން ބޮޑުކަންނެލި ގަންނަން ފަށައިފި

އަވަސް

11 ޖެނުއަރީ 2026 | އާދިއްތަ | 5:56

ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފަށައިފި އެވެ.

ކަނޑުއޮތްގިރީގައި ބޮޑު ކަންނެލި ގަންނަން ފެށުމާއި ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރު ވަނީ ކަނޑުއޮތްގިރީގައި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފަ އެވެ. މިފްކޯއަށް ބޮޑުކަންނެލި ނުކިރުމަކީ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުންކަން ފާހަގަކުރައްވާ މިނިސްޓަރު ޝިޔާމް ވިދާޅުވީ ބޮޑުކަންނެލި މަސްވެރިން އެދެމުންދިޔަ ކަންތައްތައް ހާސިލުވެފައިވާ ކަމަށެވެ.

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ފަރުޙަތު ޝަހީރު ވިދާޅުވީ ކަނޑުއޮތްގިރި އަނބުރާ އޮޕަރޭޝަނަށް ގެނައުމަށްފަހު އެތަނުން މަސްވެރިންނަށް ހިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެ ގޮތުން 15 ކިލޯއަށްވުރެ މަތީގެ ބޮޑުކަންނެލި 25 ރުފިޔާގެ ރޭޓުން ކަނޑުއޮތްގިރިންނާއި މި ސަރަަހައްދުގެ މަސްވެރިންގެ އަތުން ކަންނެލި ގަންނަމުންދާނެ ކަމަށް ފަރުޙަތު ޝަހީރު ވިދާޅުވި އެވެ.

މައުޟޫޢުތަށް