ދިއްދޫއިން 21 ހެކްޓަރުގެ ބިން ހިއްކައިފި

އަވަސް

12 ޖެނުއަރީ 2026 | ހޯމަ | 9:31

ހއ. ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 21 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.

ދިއްދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފެށީ މި މަހުގެ ފަސްވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން 112 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު ދިއްދޫގެ ބިން ހިއްކުމަށް ބޭނުންކުރަނީ ލެއިވް އެރިކްޝަން ނަމަކަށް ކިޔާ ޑްރެޖަރެކެވެ. މިއީ 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެއިން ސަކްޝަން ހޮޕާ ޑްރެޖަރެވެ. ހއ. ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ.

މައުޟޫޢުތަށް