ސްޓޫޑެންޓް ލޯނަށް 1.2 ބިލިއަން
އަވަސް
12 ޖެނުއަރީ 2026 | ހޯމަ | 9:46
މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ދޫކުރާ ލޯނުގެ ގޮތުގައި 2024 އިން 2025 އަށް 1.2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2024 އާއި 2025 ވަނަ އަހަރު ސްޓޫޑެންޓް ލޯނު ސްކީމުގެ ދަށުން 1.24 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. މީގެ ތެރެއިން 548.16 މިލިއަން ރުފިޔާ ދޫކުރީ މިދިޔަ އަހަރު އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މިހާތަނަށް 1،438 ދަރިވަރަކަށް ލޯނު ދޫކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ފިރިހެން 568 ދަރިވަރުންނާއި އަންހެން 749 ދަރިވަރުންނެވެ. މިހާތަނަށް 1،211 ދަރިވަރުން ދަސްވެނިވެފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ 2024-2025 ގެ ތަފާސްހިސާބުތަކަށް ބަލާއިރު ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން 301.1 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ފުރަތަމަ ޑިގްރީ ސްކީމުގައި މިވަގުތު 8،680 ދަރިވަރުން ކިޔަވަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ސްކޮލަޝިޕްތަކަށް 2024 އާއި 2025 ވަނަ އަހަރު 471 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 20 ގައުމެއްގައި ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަމުންދާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.