ވަގަށް ނެގި 38 ސައިކަލު ހޯދައިފި

އަވަސް

13 ޖެނުއަރީ 2026 | އަންގާރަ | 7:01

ވަގަށް ނެގި 38 ސައިކަލު މިދިޔަ މަހު ހޯދާފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ވަނީ މާލެ ފްރަންޓްލައިން ޕޮލިސިންގެ ޑިޕާޓްމަންޓްތަކުން ކުރާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ މަހު ރިކަވާ ކުރެވުނު މުދަލުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ. އެ ގޮތުން އަނބުރާ ހޯދި 38 ސައިކަލުގެ ޖުމްލަ އަގު 1.84 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން 40 މައްސަލައެއްގައި ހިމެނޭ 416،320 ރުފިޔާ އާއި 18 މޯބައިލް ފޯނު އަނބުރާ ހޯދާފައިވާއިރު ފޯނުތަކުގެ ޖުމްލަ އަގު 154،228 ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން މިދިޔަ މަހު ވަނީ 19،730 ރުފިޔާގެ އިލެކްޓްރޯނިކްސް ސާމާނާއި 243،467 ރުފިޔާގެ އެހެނިހެން ތަކެތި ހޯދާފަ އެވެ. ފުލުހުން ބުނި ގޮތުގައި މިދިޔަ މަހު 21،521 ތަނެއް ޗެކްކޮށްފައިވެ އެވެ. މީގެ އިތުރުން 5،701 މީހުން ހުއްޓުވައި ސުވާލު ކުރެވުނުއިރު މީގެ ތެރޭގައި ކުށުގެ ރެކޯޑް އޮތް 5،023 މީހުން ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް