79،000 ފަތުރުވެރިން، މިއީ 13.6 ޕަސެންޓް އިތުރުވުމެއް

އަވަސް

13 ޖެނުއަރީ 2026 | އަންގާރަ | 8:20

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 79،000 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 79،004 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 69،553 ފަތުރުވެރިންނަށްވުރެ 13.6 ޕަސެންޓް އިތުރު އަދަދެކެވެ. އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ.

ފަތުރުވެރިންގެ ތެރެއިން 77,935 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 309 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 248 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 221 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މީގެ އިތުރުން މާމިގިލި އެއާޕޯޓުން 181 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 11 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މައުޟޫޢުތަށް