އަބްދުއްރަހީމް އިންޑިއާއަށް ފުރާވަޑައިގެންފި
އަވަސް
13 ޖެނުއަރީ 2026 | އަންގާރަ | 3:02
ރައްޔިތުންގެ މަޖިލީހުގެ ރަައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި އަބްދުއްރަހީމްގެ މި ދަތުރުފުޅަކީ ކޮމަންވެލްތުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28 ވަނަ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަބްދުއްރަހީމް މިމަހުގެ 13 އިން 18 އަށް އިންޑިއާގެ ނިއު ދިއްލީއަށް ކުރައްވާ މި ދަތުރުފުޅުގައި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކުގެ އިތުރުން، ސީނިއާ ފޮރިން ރިލޭޝަންސް އޮފިސަރު ޢާއިޝަތު އީމާން ބައިވެރިވެ ވަޑައިގަންނަވަ އެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 18 ގަ އެވެ.