މުހައްމަދު ނައީމްގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

އަވަސް

13 ޖެނުއަރީ 2026 | އަންގާރަ | 3:28

ފުރަތަމަ ދިވެހި އެއާ ޓްރެފިކް ކޮންޓްރޯލަރު މުހައްމަދު ނައީމް ހުސައިން އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުހައްމަދު ނައީމްގެ އަގުހުރި ހިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށެވެ. "މީގެ ބައި ގަރުނަށްވުރެ ކުރީން، ފަތުރުވެރި ކަމަށް ރާއްޖެ ހުޅުވައިލުމަށްފަހު، ބައިނަލްއަޤްވާމީ ދަތުރުތައް އިތުރުކުރުމަށްޓަކައި ޤައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ޚިދުމަތް ދޭން ފެށުން ގުޅިފައިވަނީ އެ ހަނދާންތަކާ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. މުހައްމަދު ނައީމް އަވަހާރަވުމުގެ ހިތާމައިގާ އެ އާއިލާއަށް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ވެރީންނަށާއި މުވަައްޒަފުންނަށް ރައީސް މުއިއްޒު ވަނީ ތައުޒިޔާ ދަންނަވާފަ އެވެ. ރައީސްގެ ޓްވީޓްގައި ވަނީ މަރްޙޫމް މުހައްމަދު ނައީމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ދަންނަވާފަ އެވެ.

މައުޟޫޢުތަށް