އަލުން ޑިޒައިންކޮށް ގަލޮޅު ސިޓީ ޕާކު ހުޅުވައިފި
އަވަސް
13 ޖެނުއަރީ 2026 | އަންގާރަ | 8:19
އަލުން ޑިޒައިންކޮށް ގަލޮޅު ސިޓީ ޕާކު މިއަދު ހުޅުވައިފި އެވެ.
ގަލޮޅު ސިޓީ ޕާކު އަލުން ހުޅުވީ ބެޑްމިންޓަން ކޯޓަކާއި ތްރީ-އޮން-ތްރީ ބާސްކެޓް ބޯޅަ ކޯޓަކާއި އެކި އުމުރުފުރައިގެ މީހުން ކަސްރަތު ކުރާނެ ވަސީލަތްތަކާއެކުގަ އެވެ. މީގެ އިތުރުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލާނެ ޖާގަ އާއި ކުޑަކުދިން ކުޅުމަށް ހާއްސަ ސަރަހައްދަކާއި އަދި އެކި ކަހަލަ އިވެންޓްތައް ބާއްވާނެ ތަނަކާއެކު ވަރަށް ގިނަ ގޮތްގޮތަށް ރައްޔިތުންނަށް ބޭނުން ހިފޭނެ ގޮތަކަށް ޑިޒައިންކޮށްގެންނެވެ.
މިކަން ފާހަގަކޮށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ 10 އަހަރުވަންދެން ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި އޮތް ގަލޮޅު ސިޓީ ޕާކު 2024 ވަނަ އަހަރު އަލުން ޑިޒައިންކޮށް ވަރަށް ފުރިހަމައަށް ތަރައްގީކޮށް ހުޅުވިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. "މާލެ ސިޓީގެ މޭޔަރު ކަމުގައި އަޅުގަނޑު ހޭދަކުރި މުއްދަތުގައި އަޅުގަނޑުގެ މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ ޖާގަ ލިބެން އޮތް އެންމެ މަތީ މިންވަރަކަށް މި ފަދަ ހިތް ފަސޭހަ މައިޒާންތައް މާލެ ސިޓީގައި ގާއިމްކޮށް ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނުން،" އާދަމް އާޒިމް ވިދާޅުވި އެވެ.