ތައިލެންޑްގައި ރޭލެއްގެ މައްޗަށް ކްރޭނެއް ވެއްޓި ބަޔަކު މަރުވެއްޖެ
އަވަސް
14 ޖެނުއަރީ 2026 | ބުދަ | 10:07
ތައިލެންޑްގައި ރޭލެއްގެ މައްޗަށް ކްރޭނެއް ވެއްޓި ބަޔަކު މަރުވެއްޖެ އެވެ.
ތައިލެންޑްގެ ބެންކޮކުން ފުރައިގެން އެ ގައުމުގެ އިރު-އުތުރުގައި އޮންނަ އުބޮން ރަޓްޗަތާނީ ޕްރޮވިންސަށް ދަތުރުކުރި ރޭލެއްގެ މައްޗަށް ކޮންސްޓްރަކްޝަން ކްރޭނެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާގައި މިހާތަނަށް މަދުވެގެން 12 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފަ އެވެ. ރޭލުގެ ބައިތަކުގެ ތެރޭގައި ތާށިވި މީހުން ހޯދައި ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ތައިލެންޑްގެ ފުލުހުން ބުނެފައިވެ އެވެ. މި ހާދިސާ ހިނގާފައިވަނީ ތައިލެންޑް ގަޑިން މިއަދު ހެނދުނު 9:00 ހާއިރު އެވެ. ހާދިސާ ހިނގީ ބެންކޮކާ 230 ކިލޯމީޓަރު ދުރުގައި އޮންނަ ނަކޮން ރަޓްޗަސީމާ ޕްރޮވިންސުގެ ސިކިއު ޑިސްޓްރިކްޓްގައެވެ.