ވިލިމާލޭ އިންޖީނުގެއަށް ގެންދިޔަ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފަށައިފި

އަވަސް

14 ޖެނުއަރީ 2026 | ބުދަ | 4:28

ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލޭ އިންޖީނުގެއަށް ގެންދިޔަ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފަށައިފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލޭ އިންޖީނުގެއަށް ގެންދެވުނު 1،200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް މިހާރު ބޭނުންކުރަމުންދާ ކަމަށެވެ. މި ޖަނަރޭޓަރު ސެޓް ބޭނުންކުރަން ފެށުމާއެކު ވިލިމާލޭގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުކުރެވި އެ ރަށުގައި ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ޔަގީންކަން އިތުރަށް ކަށަވަރުކުރެވުމާއެކު ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެކަން ސްޓެލްކޯ އިން ފާހަގަކުރެ އެވެ.

މާލެ ސަރަހައްދުގެ އިތުރުން ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ދޭ ރަށްރަށުގައި ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ދަނީ ކުރަމުންނެވެ.

މައުޟޫޢުތަށް