ޝަރުތު ހަމަވި މީޑިއާތަކަށް ފައިސާ ދޫކޮށްފި

އަވަސް

14 ޖެނުއަރީ 2026 | ބުދަ | 6:00

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ޝަރުތު ހަމަވި މީޑިއާތަކަށް ފައިސާ ދޫކޮށްފި އެވެ.

މީޑިއާތަކުން މާލީ އެހީ ހޯދުމަށް ހުޅުވާލި ފުރުސަތުގައި ޝަރުތު ހަމަވި 41 މީޑިއާގެ ތެރެއިން ފައިސާ ދޫކޮށްފައިވަނީ 40 މީޑިއާ އަށެވެ. ޝަރުތު ހަމަވި ދެ މީޑިއާއެއް އެއް ކުންފުންޏަކުން ހިންގާކަން ފާހަގަކުރެވިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން ނިންމީ އެ ތަނުން އެއް މީޑިއާއަށް ފައިސާ ދިނުމަށެވެ. ދައުލަތުގެ ބަޖެޓުން 40 މީޑިއާއަށް ޖުމްލަ ދޫކުރީ 27،295،532.69 ރުފިޔާ އެވެ. މީޑިއާތަކަށް މާލީ އެހީ ދިނުމުގައި ބެލީ މީޑިއާގެ މުއްދަތާއި، މުވައްޒަފުންގެ އަދަދާއި، މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްލޭނާއި ކޮންޓެންޓުގެ ބާވަތާއި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތަކަށެވެ. ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީއެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މައުޟޫޢުތަށް