މާލެ، ބްރިޖު އަދި ހައިވޭގައި 67 އެކްސިޑެންޓް
އަވަސް
15 ޖެނުއަރީ 2026 | ބުރާސްފަތި | 8:46
މާލެ، ސިނަމާލެ ބްރިޖު އަދި ހައިވޭގައި މިދިޔަ ހަފުތާގައި 67 އެކްސިޑެންޓް ހިނގައިފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 4 ވަނަ ދުވަހުން 10 ވަނަ ދުވަހަށް މާލޭގައި 56 އެކްސިޑެންޓް އަދި ބްރިޖާއި ހައިވޭގައި 11 އެކްސިޑެންޓް ހިނގާފައިވެ އެވެ. މި އެކްސިޑެންޓްތަކުގައި 87 ވެހިކަލަށް އެކިވަރުގެ ގެއްލުން ލިބުނުއިރު ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކްސިޑެންޓްތަކުގެ ތެރެއިން 46 އެކްސިޑެންޓް ހިނގީ ދުވާލު އެވެ. އަދި 21 އެކްސިޑެންޓް ހިނގީ ރޭގަނޑު އެވެ. އެކްސިޑެންޓްތަކުގެ ތެރެއިން 19 އެކްސިޑެންޓް ހިނގީ ސައިކަލާއި ސައިކަލު ޖެހިގެންނެވެ. މީގެ އިތުރުން 19 އެކްސިޑެންޓެއް ހިނގީ ސައިކަލާއި ކާރު ޖެހިގެންނެވެ.