އެއާޕޯޓުން ފޭރުނު މައްސަލަ: އިތުރު މީހަކު ހައްޔަރުކޮށްފި

އަވަސް

15 ޖެނުއަރީ 2026 | ބުރާސްފަތި | 12:12

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާތަކެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 27 ވަނަ ދުވަހު ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި މިމަހުގެ 13 ވަނަ ދުވަހު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ މީޒާން / ރ. މަޑުއްވަރި، އިސްމާޢީލް ސިރްޙާން (30އ) އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއަި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް 8 މީހަކު ހައްޔަރުކޮށްފައިވާއިރު އެ އެންމެންވެސް ތިބީ ބަންދުގައި ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް