އުރީދޫއިން އިސްރަށްވެހީގެ ނާދީގެ ބައިވެރިންނަށް ޑިޖިޓަލް ލިޓްރަސީ ޕްރޮގަރާމްތައް ކުރިއަށް ގެންގޮސްފި

އަވަސް

15 ޖެނުއަރީ 2026 | ބުރާސްފަތި | 7:38

މިއަހަރުގެ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމުތައް ފެށުމުގެ ގޮތުން އިސްރަށްވެހިންގެ ނާދީއާއެކު މާލެ އަދި ހުޅުމާލޭގައި އުރީދޫއިން ސެޝަންތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ މިއަދުގެ ޑިޖިޓަލް ދުނިޔެ އިތުރަށް ރަނގަޅަށް އޮޅުންފިލުވައި ދިނުމަށް ބައިވެރިންނަށް އެހީތެރިވެދޭ ޕްރޮގްރާމެއް ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ. މި ސެޝަންތަކުގެ ތެރޭގައި ސްމާޓްފޯން ބޭނުންކުރުމާއި، ޑިޖިޓަލް ހިދުމަތްތަކާއި، އާންމު ދިރިއުޅުމަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ޕްރެކްޓިކަލް އޮންލައިން ޓޫލްސް ހިމެނެ އެވެ.

މި އިނީޝިއޭޓިވްގެ ސަބަބުން އުރީދޫއިން އިންކްލޫސިވް ޑިޖިޓަލް ކުރިއެރުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދެ އެވެ. ޓެކްނޮލޮޖީ ކުރިއަރަމުން ދާއިރު މުޖުތަމައުގެ އެއްވެސް ބަޔަކު އަދި ހާއްސަކޮށް އިސްރަށްވެހިން ބާކީނުކޮށް އުމުރުން ދުވަސްވީ މީހުންގެ ބޭނުންތަކާއި ސެޝަންތައް ބަދަލުކޮށް މި ޕްރޮގްރާމްގެ ސަބަބުން އުނގެނުމުގެ މާހައުލު ވަރަށް ފުރިހަމައަށް ފަހިކޮށްދެ އެވެ. އުރީދޫ މޯލްޑިވްސްއިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

މައުޟޫޢުތަށް