ދެ ހަފުތާއިން 99،350 ފަތުރުވެރިން
އަވަސް
16 ޖެނުއަރީ 2026 | ހުކުރު | 8:28
ދެވަނަ ހަފުތާގެ ނިޔަލަށް ރާއްޖެއަށް 99،350 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 90،659 ފަތުރުވެރިންނަށްވުރެ 9.6 ޕަސެންޓް އިތުރުވުމެކެވެ. މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ.
ފަތުރުވެރިންގެ ތެރެއިން 98،012 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 373 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 321 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 306 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މީގެ އިތުރުން މާމިގިލި އެއާޕޯޓުން 208 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 130 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.