"ރޯދަ ބާޒާރު ފެސްޓިވަލް" އަށް ސްޓޯލް ކުއްޔަށް ދޫކުރަނީ

އަވަސް

16 ޖެނުއަރީ 2026 | ހުކުރު | 8:58

މި އަހަރުގެ ރޯދަ މަހާއި ގުޅިގެން "ރޯދަ ބާޒާރު ފެސްޓިވަލް" ގެ ނަމުގައި ފެސްޓިވަލް ބާއްވަން ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނި ގޮތުގައި ރޯދަ މަހާއި ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ރޯދަ ބާޒާރު ފެސްޓިވަލް" އިން ސްޓޯލް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 18 ވާ އާދިއްތަ ދުވަހުން ފެށިގެން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. އެ ގޮތުން އެޗްޑީސީގެ ވެބްސައިޓްގައި ޝާއިއުކުރާ އޮންލައިން ލިންކް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން "ފަސްޓް ކަމް- ފަސްޓް ސާވް" އުސޫލުން ޝަރުތު ހަމަވާ ފަރާތްތަކަށް ސްޓޯލް ހިންގުމަށް ކުއްޔަށް ދޫކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ. ފޯމު ހުށަހެޅުމަށް ހުޅުވާލަނީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން 20 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ. މި ފެސްޓިވަލްގައި ހަތް ކެޓަގަރީއަކުން ސްޓޯލް ކުއްޔަށް ދޫކުރަން ވަނީ ނިންމާފަ އެވެ.

މި ފެސްޓިވަލް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މައުޟޫޢުތަށް