ސަފީރު އަބްދުއްރަހީމް، ރަޝިއާގެ ރައީސްއަށް ފަތްކޮޅު އަރުވައިފި
އަވަސް
16 ޖެނުއަރީ 2026 | ހުކުރު | 2:06
ރާއްޖެއިން ރަޝިއާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު އަބްދުއްރަޙީމް އަބްދުއްލަތީފް، ސަފީރުކަމުގެ ފަތްކޮޅު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް އަރުވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ސަފީރު އަބްދުއްރަޙީމް އަބްދުއްލަތީފް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮއެދުންތައް ރަޝިއާގެ ރައީސްއަށް އަރިސްކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. ރަޝިއާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އަބްދުއްރަޙީމް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މާޗް 11 ވަނަ ދުވަހު އެވެ. ސަފީރު އަބްދުއްރަޙީމް މިހާރު ހުންނެވީ ތުރުކީއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ.