މޭޔަރު ޓިކެޓް އާދަމް އާޒިމް ކަށަވަރު ކުރައްވައިފި
އަވަސް
16 ޖެނުއަރީ 2026 | ހުކުރު | 11:11
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ނެރޭ ކެންޑިޑޭޓުން ހޮވަން މިއަދު ބޭއްވި ޕްރައިމަރީގައި މާލޭގެ މޭޔަރުގެ ޓިކެޓް މިހާރުގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި އެވެ.
ޕްރައިމަރީގައި މާލޭގެ މޭޔަރުގެ ޓިކެޓަށް ވާދަކުރެއްވީ އާދަމް އާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވުމުން އަލީ އާޒިމް ވަނީ އާދަމް އާޒިމަށް ގުޅުއްވާ މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެޕްރީލް މަހު ބާއްވާ އިންތިހާބު ކާމިޔާބުކޮށްދޭން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަލީ އާޒިމް ދެއްވި އެވެ. މީގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެމްޑީޕީގެ މަޖިލިސް މެންބަރުންވެސް ވަނީ އާދަމް އާޒިމަށް މަރުހަބާ ދަންނަވާފަ އެވެ.