ގްރީންލޭންޑް ހިފުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ނުދޭނަމަ ޓްރިފެއް

އަވަސް

17 ޖެނުއަރީ 2026 | ހޮނިހިރު | 8:15

ގްރީންލޭންޑް ހިފުމަށް އެމެރިކާއިން ކުރާ މަސައްކަތަށް އެއްބާރުލުން ނުދޭ ގައުމުތަކުން އިމްޕޯޓްކުރާ މުދަލުން ޓްރިފެއް ނަގަން ޖެހިދާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ ގްރީންލޭންޑްގެ މައްސަލައިގައި އެމެރިކާއަށް އެއްބާރުލުން ނުދޭ ގައުމުތަކަށް ޓެރިފް ކުރިމަތިކުރުވަފާނެ ކަމަށެވެ. ނަމަވެސް މި ފިޔަވަޅު އަޅާނީ ކޮން ގައުމުތަކަކަށް ކަމެއް ހާމައެއް ނުކުރައްވަ އެވެ. އެމެރިކާއިން ގްރީންލޭންޑް ހިފުމަށް ގައުމުތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. މީގެ އިތުރުން ޓްރަމްޕް ނިސްބަތްވާ ޕާޓީގެ ބައެއް މެންބަރުންވެސް ވަނީ މިކަމާ ދެކޮޅު ހަދާފަ އެވެ. ގްރީންލޭންޑަކީ އެމެރިކާގެ ސަލާމަތަށް މުހިންމު ތަނެއް ކަމަށާއި "ފަސޭހަ ގޮތުން" ނުވަތަ "އުނދަގޫ ގޮތުން" ވިޔަސް އެމެރިކާއިން އެތަން ހޯދާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

މައުޟޫޢުތަށް