އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާއިން ބަޔަކު ޝަހީދުކޮށްލައިފި

އަވަސް

17 ޖެނުއަރީ 2026 | ހޮނިހިރު | 8:28

އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ބަޔަކު ޝަހީދުކޮށްލައިފި އެވެ.

މި ހަމަލާތައް ދީފައިވަނީ ހިސާރުކޮށްފައިވާ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ރޭވުމުގެ ދެވަނަ މަރުހަލާ ފަށާނެކަން އެމެރިކާއިން އިއުލާނުކުރިތާ އެއްދުވަސް ފަހުންނެވެ. ހުކުރު ދުވަހު އިޒްރޭލުން ދިން މި ހަމަލާތަކުގައި 10 އަހަރުގެ އަންހެން ކުއްޖަކާއި، 16 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން އުމުރުން ދުވަސްވީ އަންހެނަކު ވަނީ ޝަހީދުވެފަ އެވެ. މި ހަމަލާތައް ދީފައިވަނީ ސުލްހައިގެ ރޭވުމުގެ ދެވަނަ މަރުހަލާ ތަންފީޒުކުރުމަށްޓަކައި އެކުލަވާލާފައިވާ ފަލަސްތީނުގެ ފަންނީ ކޮމިޓީގެ މެންބަރުން ފުރަތަމަ ފަހަރަށް ގާހިރާގައި ބައްދަލުކުރަމުން ދަނިކޮށެވެ. ފަލަސްތީނުގެ ނިއުސް އެޖެންސީ "ވަފާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 16 އަހަރުގެ މުހައްމަދު ރާއިދު އަލް ބަރާވީގެ ބޮލަށް އިޒްރޭލުން ވަނީ ބަޑިޖަހާފަ އެވެ.

މައުޟޫޢުތަށް