އިންތިހާބު ކާމިޔާބުކުރަން އެކުގައި މަސައްކަތް ކުރާނެ: ސޯލިހް

އަވަސް

17 ޖެނުއަރީ 2026 | ހޮނިހިރު | 1:20

ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރަން އެކުގައި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް އިއްޔެ ވަނީ ޕާޓީގެ ޕްރައިމަރީ ބާއްވާފަ އެވެ. "ވާދަވެރި ޕްރައިމަރީއަކަށް ފަހު ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީއަށް ކާމިޔާބު ކަށަވަރުކުރުމަށްޓަކައި ޕާޓީގެ ލީޑަޝިޕާއި ހުރިހާ މެންބަރުން އެކުގައި ގަދައަށް މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ސޯލިހް ވިދާޅުވި އެވެ. ޕްރައިމަރީން ކާމިޔާބު ހޯއްދެވި ބޭފުޅުންނަށް މަރުހަބާ ދަންނަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ސޯލިހް ވަނީ ޕްރައިމަރީ ވޯޓުގެ ހުރިހާ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހަމަޖައްސަވައި ކުރިއަށް ގެންދެވިކަމަށްޓަކައި ޕާޓީގެ ލީޑަޝިޕާއި ހަރަކާތްތެރިންނަށް ޝުކުރު ދަންނަވާފަ އެވެ.

މައުޟޫޢުތަށް