ބަރުބަރީ މިސްކިތުގައި ރޯދަމަހު ނަމާދު ކުރެވޭނެ: ޝަހީމް

އަވަސް

17 ޖެނުއަރީ 2026 | ހޮނިހިރު | 8:34

މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް ވަރަށް އަވަހަށް ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ ރޯދަ މަހު އެ މިސްކިތުގައި ނަމާދު ކުރެވޭނެ ކަމަށާއި މިސްކިތުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. ބަރުބަރީ މިސްކިތް އިމާރާތް ކުރަނީ 3 ފަންގިފިލާއަށެވެ. މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ބަރުބަރީ މިސްކިތުގެ މަސައްކަތް ފެށީ 2024 ވަނަ އަހަރު އެވެ.

މައުޟޫޢުތަށް