އައްޑޫ ތަރައްގީނުކުރާތީ މުއްތަލިބް މަޖިލީހަށް ހާޒިރުކުރަނީ
އަވަސް
17 ޖެނުއަރީ 2026 | ހޮނިހިރު | 8:00
އައްޑޫ މީދޫގައި މަޝްރޫއުތައް ކުރިއަށް ނުދާތީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްގެން ސުވާލުކުރަން ހުށަހަޅުއްވައިފި އެވެ.
މިނިސްޓަރު މުއްތަލިބް މަޖިލީހަށް ހާޒިރުކުރަން ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން (އައްދު) އެވެ. އަބްދުއްރަހީމް ވިދާޅުވީ މިނިސްޓަރު މުއްތަލިބް މަޖިލީހަށް ހާޒިރުކޮށްގެން ސުވާލުކުރަން ހުށަހެޅުއްވީ އޭނާގެ ދާއިރާގެ ރައްޔިތުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން މިނިސްޓަރާ ސުވާލުކުރަން އެދުމުން ކަމަށެވެ. އަބްދުއްރަހީމް މަޖިލީހަށް ފޮނުއްވި ސުވާލުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީދޫއަށް ވަޑައިގެން އަމަލީ މަސައްކަތް ފެއްޓެވި މަޝްރޫއުތަކާއި މި ސަރުކާރުގެ މެނިފެސްޓޯގައި އައްޑޫއަށް ވެފައިވާ ވައުދުތަކުގެ ތެރެއިން އެއްވެސް ކަމެއް ނުހިނގަނީ އައްޑޫ ސިޓީ ކައުންސިލާއި މީދޫ މަޖިލިސް މެންބަރު ނުވަތަ އައްޑޫއަށް ނިސްބަތްވާ އެހެން މަޖިލިސް މެންބަރުންގެ އެއްބާރުލުން ނުލިބިގެންތޯ އާއި ކަންކަން ފަށައި ގަނަވޭނީ ކައުންސިލް އަދި މެންބަރުން ކޮން ކަމެއް ކޮށް ދެއްވީމަތޯ އައްސަވާފަ އެވެ. ރައީސް ޑރ. މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު އައްޑޫއަށް ވަޑައިގެން މީދޫގެ މަގުތައް ހެދުމުގެ މަޝްރޫއާއި މީދޫ ފިޓްނެސް ސެންޓަރުގެ ބިންގާ އެޅުމާއި މީދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ އެޅުން ހިމެނެ އެވެ.