ބޯޓު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

އަވަސް

18 ޖެނުއަރީ 2026 | އާދިއްތަ | 11:27

ތާޖް އެގްޒޯޓިކާ ރިސޯޓު ކައިރިއަށް މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި، ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއް ކަމަށް އެމްއެންޑީއެފް އާއި ފުލުހުން މައުލޫމާތު ދީފައިވެ އެވެ. ތާޖު އެގްޒޯޓިކާ ކައިރިން ސިފައިންނަށް ފެނުނު ހަށިގަނޑު މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. މަރުވި މީހާގެ އިތުރު އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ. އެމްއެންޑީއެފް އިން ބުނީ "ބަލްމާ-6" ނަމަކަށް ކިޔާ އެ ބޯޓު މިއަދު ހެނދުނު ބަންޑުން ޖަހާލިއިރު ބޯޓުގައި ޖުމްލަ ހަތަރު މީހުން ދަތުރުކުރި ކަމަށެވެ. މީގެތެރެއިން ދެ މީހުން އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ވަނީ ނަގާފަ އެވެ. ބޯޓު ބަންޑުން ޖަހާލި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ. އަދި ބޯޓުގައި އުފުލީ ކޮން ކަހަލަ މުދަލެއްކަންވެސް އަދި އެނގިފައެއް ނުވެ އެވެ. ގެއްލިގެން ހޯދަމުންދާ ދެވަނަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ.

މައުޟޫޢުތަށް