ކައުންސިލް އިންތިހާބު އޮބްޒާވްކުރަން ބިދޭސީންނަށް ހުޅުވާލައިފި

އަވަސް

18 ޖެނުއަރީ 2026 | އާދިއްތަ | 5:50

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮބްޒާވްކުރަން ބޭނުންވާ ރާއްޖެއިން ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ މިއަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ އިންތިހާބު ކުރިއަށްދާ ގޮތް ބަލަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅި ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 18އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާއި ބޭރުގެ އެހެނިހެން ފަރާތްތަކާއި ވަކި ވަކި ފަރުދުންނަށްވެސް އެ ފުރުސަތު ލިބޭނެ ކަމަށް އީސީން ބުންޏެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބު އޮބްޒާވް ކުރަން ހުށަހެޅޭނީ 18 އަހަރުން މަތީގެ މީހުންނަށް އެކަނި ކަމަށެވެ.

މައުޟޫޢުތަށް