ގޯއްޗަށް 119 ފޯމު، ފްލެޓަށް 399 ފޯމު ލިބިއްޖެ
އަވަސް
19 ޖެނުއަރީ 2026 | ހޯމަ | 10:24
ރައީސް ޑރ، މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލިތާ 24 ގަޑިއިރު ތެރޭގައި ފްލެޓަށް އެދި 399 އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 119 އެޕްލިކޭޝަން ހުށަހަޅައިފި އެވެ.
ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލީ އިއްޔެ ހެނދުނު 9:00 ގައެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނީ މިހާރުވެސް ޑްރާފްޓް މަރުހަލާގައި 3،836 އެޕްލިކޭޝަން އެބައޮތް ކަމަށެވެ. ގޯތި ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް މާޗް މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ. ފްލެޓަށް ކުރިމަތިލުމަށް ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭ އެ މަޝްރޫއުއަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ \ހިޔާވަހި ޕޯޓަލް -- ://.../ މެދުވެރިކޮށެވެ. ރައީސް ޑރ، މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. ބިން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް މާޗް މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފްލެޓަށް ކުރިމަތިލުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭ އެ މަޝްރޫއުއަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ [ހިޔާވަހި ޕޯޓަލް[(://.../) މެދުވެރިކޮށެވެ. ބިން ދޫކުރަން ހަމަޖެހިފައިވާ ގޮތް މާލޭގެ ރަށްވެހިންނަށް 10،000 ބިން ދޫކުރަން ހަމަޖެހިފައިވާއިރު މީގެ ތެރެއިން 7،000 ބިމަކީ އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށް ދޫކުރާ ބިމެވެ. 1،000 ބިން ދޫކުރަނީ މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ. އަދި 2،000 ބިން ދޫކުރަނީ ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން ދޫކުރާއިރު މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ މީހުންނަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،500 ބިން ދޫކުރަން ވަނީ ނިންމާފަ އެވެ. ހައުސިން ޔުނިޓް ދޫކުރަން ހަމަޖެހިފައިވާ ގޮތް މާލޭގެ ރަށްވެހިން 4،000 ޔުނިޓް ދޫކުރަން ހަމަޖެހިފައިވާއިރު މީގެ ތެރެއިން 2،200 ޔުނިޓް ދޫކުރަނީ މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ. ވިލިނގިލީ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށް 300 ފްލެޓް ދޫކުރާއިރު މާލޭ ރަށްވެހިންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް 1،000 ފްލެޓް އަދި ފަހުން މާލޭ ގެއެއްގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށް 500 ފްލެޓް ދޫކުރަން ވަނީ ނިންމާފަ އެވެ. މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ މީހުންނަށް 1،500 ފްލެޓް ދޫކުރަން ނިންމާފައިވެ އެވެ. ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެއިން 7،900 ހައުސިން ޔުނިޓާއި 15،000 ގޯތި ދޫކުރުމަށް މިސަރުކާރުން ވަނީ ނިންމާފަ އެވެ.