ޖޭޕީގެ ތާއީދު ޕީއެންސީގެ ކެންޑިޑޭޓުންނަށް

އަވަސް

19 ޖެނުއަރީ 2026 | ހޯމަ | 9:00

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި މިއަދު މަޝްވަރާކުރުމަށްފަހު ކައުންސިލްގެ އަގުލަބިއްޔަތުން ނިންމީ އދ. މާމިގިލި ދާއިރާ ފިޔަވައި، އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރުމަށެވެ. ޖުމްހޫރީ ޕާޓީން ބައެއް ރަށްތަކަށް ވާދަކުރުމަށް ކެންޑިޑޭޓުން ނެރުމަށްވެސް ކައުންސިލްގައި މަޝްވަރާކޮށްފައިވެ އެވެ. އެކަމަކު ފާސްވީ ހަމައެކަނި މާމިގިލި ދާއިރާއަށް ޖޭޕީ ކެންޑިޑޭޓުން ނެރުމަށްފަހު އެހެން ދާއިރާތަކަށް ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީލް 4 ވަނަ ދުވަހުއެވެ. ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ޖޭޕީން ތާއީދުކުރަން ނިންމި ވަކި ސަބަބެއް އެ ޕާޓީން ނުބުނެ އެވެ.

މައުޟޫޢުތަށް