މަޖިލިސް ރައީސް ސައުދީއަށް
އަވަސް
19 ޖެނުއަރީ 2026 | ހޯމަ | 9:00
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސައުދި އަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފި އެވެ.
މަޖިލިސް ރައީސްގެ މިދަތުރުފުޅަކީ ސައުދި އަރަބިއްޔާގެ ގާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައްޔިތުންގެ މަޖިލީހުން މައުލޫމާތު ދިން ގޮތުގައި މަޖިލިސް ރައީސްގެ މިދަތުރުފުޅު ކުރިއަށްދާނީ މިމަހުގެ 19 އިން 24 އަށެވެ. މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި، މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު، ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް ބައިވެރިވެވަޑައިގަންނަވަ އެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ، އަމީން އާންމުގެ ނައިބު މުހައްމަދު ރަޝީދު، ޗީފް އޮފް ބިއުރޯ އަހްމަދު ނިހާން ހުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޒުއްޔިނާ ބަދުރީވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.