ޑެވޮންޑޭލްގެ އާ ޕްރޮޑަކްޓްތަކެއް ބާޒާރަށް ނެރެފި

އަވަސް

20 ޖެނުއަރީ 2026 | އަންގާރަ | 10:11

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ރާއްޖެއަށް އެތެރެކުރަމުންދާ އޮސްޓްރޭލިއާގެ މަޝްހޫރު ޑެވޮންޑޭލް ބްރޭންޑުގެ މުޅިން އާ ޕްރޮޑަކްޓްތަކެއް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޑެވޮންޑޭލް ބްރޭންޑަށް މިފަހަރު އިތުރުވި ޕްރޮޑަކްޓްތައް އަމާޒުކޮށްފައި ވަނީ ކޭކާއި ފޮނިކާތަކެތި ހަދާ ފަރާތްތަކަށާއި ބޭކް ކުރުމަށް ލޯބި ކުރާ ފަރާތްތަކަށް ހާއްސަކޮށެވެ. ޑެވޮންޑޭލް ސޯލްޓެޑް އަދި އަންސޯލްޓެޑް ބަޓާ. (250ގްރާމް، 500ގްރާމް އަދި 500 × 3 ގްރާމް) ޑެވޮންޑޭލް ސޯލްޓެޑް ބަޓާ އަދި އަންސޯލްޓެޑް ބަޓާއަކީ ކޮންމެ ދުވަހެއްގެ އާދައިގެ ކެއްކުންތަކާއި ކެއުމުގައިވެސް ބޭނުން ކުރަން އެކަށޭނަ އުފެއްދުމެކެވެ. ޑެވޮންޑޭލް ސޯލްޓެޑް ބަޓާ (ލޮނު ހިމެނޭ ބަޓާ) އަކީ ކެއްކުމަށާއި ފިހެގެން ތައްޔާރު ކުރެވޭ ތަކެއްޗަށް ނުވަތަ މާން ފަދަ ތަކެތީގައި އުނގުޅައިގެން ކެއުމަށްވެސް ބޭނުންކުރެވޭނެ، ކްރީމީ ރަހައެއް އެކުލެވޭ މީރު އުފެއްދުމެކެވެ. އަންސޯލްޓެޑް ބަޓަރަކީ ފިހެގެން ތައްޔާރު ކުރެވޭ ތަކެތީގެ ތެރެއިން ލޮނު ހެޔޮވަރުކުރަންޖެހޭ ފަދަ ހާލަތްތަކުގައި ބޭނުން ކުރަން ވަރަށް އެކަށޭނަ އުފެއްދުމެކެވެ.

ބަޓާ ބްލެންޑްސް ޑެއިރީ ސޮފްޓް – އޮރިޖިނަލް (250 ގްރާމް އަދި 500 ގްރާމް) މިއީ އުނގުޅާލަން ފަސޭހަ، އޮމާން އަދި ކޮންމެ ދުވަހަކުވެސް ކެއުމުގެ އެކި ވަގުތުތަކުގައި ބޭނުން ކުރެވޭ ޕްރޮޑަކްޓެކެވެ. ޑެއިރީ ސޮފްޓް – ސޯލްޓް ރެޑިއުސްޑް (500 ގްރާމް) ލޮނު މަޑުކޮށް ކާން ބޭނުންވާ ފަރާތްތަކަށް މިއީ ހާއްސަ އުފެއްދުމެކެވެ. އެކްސްޓްރާ ސޮފްޓް ބަޓާ ބްލެންޑް (250 ގްރާމް، 500 ގްރާމް، 750 ގްރާމް އަދި 500 × 3 ގްރާމް) މިއީ ސިއްހަތަށް ސަމާލުކަންދޭ ފަރާތްތަކަށް ހާއްސަ، ފަސޭހައިން ހާކާލެވޭ، ސަރުބީގެ މިންވަރު މަދު އުފެއްދުމެކެވެ. ޑެވޮނެޑޭލް ޝްރެޑެޑް މޮޒަރެއްލާ ޗީޒް (600 ގްރާމް) ޑެވޮންޑޭލް ޝްރެޑެޑް ޗީޒްއަކީ އޮސްޓްރޭލިއާގެ ކޮލިޓީ ކިރުން ފަރުވާތެރިކަމާއިއެކު ތައްޔާރުކޮށް ޕްރޮސެސް ކުރެވިފައިވާ ފަސޭހައިން ވިރުވައިލެވޭ ޗީޒްއެކެވެ. މި ޗީޒްގައި މަޑު ކްރީމް ރަހައެއް އެކުލެވޭއިރު، ޗީޒްތައް ޝްރެޑްކޮށްފައި ހުންނަނީ ފަސޭހައިމް ބޭނުން ކޮށްލެވޭފަދަ ހެޔޮވަރު ސައިޒަކަށެވެ. މި ޗީޒްއަކީ ފިހެގެން ތައްޔާރުކުރާ ކާނާއަށް ފުރިހަމަކަމެއް ގެނެސްދޭ އުފެއްދުމެކެވެ. ޑެވޮނެޑޭލް ކްރީމް ޗީޒް ( 2 ކިލޯގްރާމް)

މައުޟޫޢުތަށް