ދިރާގު ރޯދަ ރެޑީ: ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ހާއްސަ އިނާމުތަކެއް

އަވަސް

20 ޖެނުއަރީ 2026 | އަންގާރަ | 3:05

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ އިނާމުތަކަކާއެކު ދިރާގު "ރޯދަ ރެޑީ" ޕްރޮމޯޝަން އިއުލާނުކޮށްފި އެވެ.

ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާ ގުޅުވައިގެން ފަރުމާކޮށްފައިވާ މި ޕްރޮމޯޝަންގެ މައިގަނޑު މަގުސަދަކީ ރޯދަމަހަށް ހާއްސަކޮށް މި މައްސަރުގައި ކަސްޓަމަރުންނަށް ބޭނުންތެރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. މި ޕްރޮމޯޝަނުގެ ދަށުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ތަފާތު ގިނަ ފުރުސަތުތަކެއް ދިރާގުން ވަނީ ތައާރަފުކޮށްފަ އެވެ. މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު އަދި ކޮންމެ ހަފުތާއަކު އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މި ގޮތުން، ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 5،000 ރުފިޔާގެ ޝޮޕިން ވައުޗަރެއް ދިނުމަށް ހަމަޖެހިފައިވާއިރު މި ޕްރޮމޯޝަންގެ ތެރެއިން ޖުމްލަ 21 ނަސީބުވެރި ފަރާތަކަށް މި ވައުޗާ ލިބިގެންދާނެ އެވެ. މި ވައުޗާތަކަކީ ރާއްޖޭގެ މަގުބޫލު ފިހާރަތަކާއި އެއާލައިންތަކުން ވިޔަފާރި ކުރެވޭނެ ވައުޗާތަކެކެވެ. މީގެ އިތުރުން، ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރި ފަރާތަކަށް، އެއް މިނެޓުގެ ތެރޭގައި ހިލޭ ބާޒާރުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ. ދިރާގުން ބުނީ މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު 50 ރުފިޔާއިން ފެށިގެން މަތީގެ އެޑް-އޮންއެއް އެކްޓިވޭޓްކުރާ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށާއި، އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ބޫސްޓަރެއް އެކްޓިވޭޓްކުރާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަނުގައި ބައިވެރިވެފައިވާ ފަރާތްތަކާއި، ދިރާގު އައިސިކް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި، ޕްރޮމޯޝަންގެ މުއްދަތުގައި އެއްވެސް ވެލިއު އެޑެޑް ސާވިސް ސަބްސްކްރިޕްޝަނެއް އެކްޓިވޭޓްކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުއެޕް މެދުވެރިކޮށް އެންރޯލް ކުރެވޭނެ އެވެ. އެންރޯލް ކުރާ ހިސާބުން ޕްރޮމޯޝަން ނިމެންދެން ކޮންމެ ކަސްޓަމަރަކަށްވެސް އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. މި ޕްރޮމޯޝަންގެ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ. ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ މައިގަނޑު އަމާޒަކީ މަންފާކުރަނިވި ހިދުމަތްތައް މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމެވެ. މި ގޮތުން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ ތަފާރު ހާއްސަ ޕްރޮމޯޝަންތައް އެ ކުންފުނިން ދަނީ ކުރިއަށް ގެންދަމުންނެވެ.

މައުޟޫޢުތަށް