ދިރާގުގެ އާ ޕާޓްނާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

އަވަސް

20 ޖެނުއަރީ 2026 | އަންގާރަ | 3:21

ދިރާގުގެ އާ ޕާޓްނާ ޝޮޕެއް ހުޅުމާލެ ފޭސް 1 ގައި ހުޅުވައިފި އެވެ.

ހުޅުމާލޭގައި ހުޅުވި މި ފިހާރައިގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިރާގު ކަސްޓަމަރުންނަށް ދިރާގުގެ ހިދުމަތްތައް ހޯދުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ދިރާގުން ފާހަގަކުރެ އެވެ. މި ގޮތުން ހުޅުމާލެ ފޭސް 1 ގެ ހުވަނދުމާ ހިނގުމުގައި ހުންނަ މޯލްޑިވްސް ސާވިސް ފިހާރައިން މިހާރު ދިރާގުގެ ހިދުމަތްތައް ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

މި ސަރަހައްދަކީ އާބާދީ އިތުރުވަމުން އަންނަ ސަރަހައްދެއް ކަމަށްވާއިރު މި ޕާޓްނާ ފިހާރައާއެކު މި ސަރަހައްދުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ބޭނުންވާ ދިރާގުގެ ހިދުމަތްތައް އެއް ތަނަކުން ފަސޭހަކަމާއެކު ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.

މައުޟޫޢުތަށް