ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ 98 ޕަސެންޓް ބިން ހިއްކައިފި
އަވަސް
20 ޖެނުއަރީ 2026 | އަންގާރަ | 3:28
ހުޅުމާލެ ތިން ވަނަ ފިޔަވަހި ބިން ހިއްކުމުގެ 98 ޕަސެންޓް ނިމިއްޖެ އެވެ.
އެމްއޭސީއެލުން މިއަދު ބުނީ ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 62 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. ހުޅުމާލެ ތިން ވަނަ ފިޔަވަހިން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ސަރަހައްދުގެ ބިން ހިއްކުން އަވަސްކުރަން ވަނީ ބޮޑު ދެ ޑްރެޖަރު ގެނެސްފަ އެވެ. ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކާ އެ ސަރަހައްދުން ގޯތި ދޭން ނިންމާފައިވާއިރު އެ ސަރަހައްދުގެ ބިން ހިއްކުން މި މަހު ނިންމާލެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.