ސްޓެލްކޯއިން ތޮއްޑޫއަށް ގެންދިޔަ ޖަނަރޭޓަރު ސެޓުން ހިދުމަތް ދޭން ފަށައިފި

އަވަސް

20 ޖެނުއަރީ 2026 | އަންގާރަ | 4:19

ސްޓެލްކޯއިން އއ. ތޮއްޑޫއަށް ގެންދިޔަ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

ސްޓެލްކޯ އިން ބުނީ ތޮއްޑޫގެ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ރޯދަ މަހާއި ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ރަށު އިންޖީނުގެއަށް ގެންދެވުނު 1،000 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް މިހާރު ހިދުމަތްދޭން ފަށާފައިވާ ކަމަށެވެ. މި ޖަނަރޭޓަރާއެކު ތޮއްޑޫގެ ޖުމްލަ ޖަނަރޭޝަން ކެޕޭސިޓީ ވަނީ 3،592 ކިލޯވޮޓަށް އިތުރުވެގެން ގޮސްފަ އެވެ. މިއީ ރަށުގެ ކަރަންޓުގެ ޚިދުމަތުގެ އިތުބާރުބޮޑުވެ، ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއްކަން ސްޓެލްކޯ އިން ފާހަގަކުރެ އެވެ. ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ރަށްރަށަށް ޖަނަރޭޓަރު ސެޓް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯ އިން މިހާރުވެސް ދަނީ ކުރަމުންނެވެ.

މައުޟޫޢުތަށް