135،000 އަށްވުރެ ގިނަ ފަތުރުވެރިން، މިއީ 8.2 ޕަސެންޓް އިތުރުވުމެއް

އަވަސް

21 ޖެނުއަރީ 2026 | ބުދަ | 9:13

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 135،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ 8.2 ޕަސެންޓް އިތުރުވުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 135،555 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރި 125،339 ފަތުރުވެރިންނަށްވުރެ 10،216 ފަތުރުވެރިން އިތުރު އަދަދެކެވެ. މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ.

ފަތުރުވެރިންގެ ތެރެއިން 133,785 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 522 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 406 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 406 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މީގެ އިތުރުން މާމިގިލި އެއާޕޯޓުން 270 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 166 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މައުޟޫޢުތަށް