ފުވައްމުލަކު ތުނޑި ސަރަހައްދުން މިނިކަށިތަކެއް ފެނިއްޖެ
އަވަސް
21 ޖެނުއަރީ 2026 | ބުދަ | 11:27
ފުވައްމުލަކު ތުނޑި ސަރަހައްދުން މިނިކަށިތަކެއް ފެނިއްޖެ އެވެ.
މިނިކަށުތަކުގެ ވާހަކަ އެންމެ ފުރަތަމަ ހާމަކުރީ ޒައިދު އަހްމަދުގެ ނަމުގައި ފޭސްބުކްގައި ހުޅުވާފައިވާ އެކައުންޓަކުންނެވެ. ޒައިދުގެ ޕޯސްޓުގައި ބުނެފައިވަނީ އެ ސަރަހައްދަކީ އިހުގައި މީހުން ވަޅުލާ އުޅުނު ސަރަހައްދެއް ކަމަށް ބެލެވޭ ކަމަށެވެ. އެ ސަރަހައްދުން އޭނާއަށް ފެނުނީ ކުޑަ އަންހެން ކުއްޖެއްގެ ބޮލުގެ ނާށިގަނޑާއި އުނަގަނޑުގެ ކަށިތައް ކަަމަށްވެސް ޕޯސްޓުގައި ބުނެފައިވެ އެވެ. ފުވައްމުލަކުން ވާހަކަދެއްކި މީހަކު ބުނީ އެ ރަށުގެ ވަށައިގެން އެކި ސަރަހައްދުގައި އިހުގައި މީހުން ވަޅުލާފައިވާ ކަމަށް ބުނާތީ އަޑުއަހާ ކަމަށެވެ. އެހެންވެ ދޭތެރެދޭތެރެއިން އެގޮތަށް މިނިކަށި އެރަށުގެ އެކި ސަރަހައްދުން ފެންނަމުންދާ ކަމަށްވެސް ބުންޏެވެ. "މިނިކަށި މިދެންނެވިހެން ބައެއް ސަރަހައްދުތަކުން ފެނުމަކީ އެހާ އާކަމެއް ނޫން،" އޭނާ ބުންޏެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ އެ ރަށުން މިނިކަށި ފެނުމުން އެފަދަ ތަންތަން ސާފުކޮށް ކަށިތައް ގަބުރުސްތާނަށް ގެންގޮސް ވަޅުލާ ކަމަށެވެ. ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ އެއް ގަބުރުސްތާނު ހުންނަނީވެސް ފުވައްމުލަކު ހުކުރު މިސްކިތު ސަރަހައްދުގައެވެ.